އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދު ކުރަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

އެހެންވެ، ހައިކޯޓުގައި އޮތް މި ހަތް މީހުންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އަށް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފެބްރުއަރީ 25، 2024 ގަ އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ދައުލަތުން އެދިފައި ވަނީ އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކޮށްދިނުމަށެވެ. ހައިކޯޓުން ދެ ފަހަރު ވެސް ނިންމާފައި ވަނީ އެމީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލަ ބެއްލެވި ބެންޗުގެ އަގުލަބިއްޔަތު ރައުޔުގައި ބުނެފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، އެމީހުންނަކީ މާރާމާރީއާ މަސްތުވާތަކެތިފަދަ ކުށްތަކުގައި ތަކުރާރުކޮށް ޝާމިލްވާ މީހުން ކަމަށާއި، ބަންދުން މިނިވަންވި ފަހުން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެނގެން އޮންނަ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވި އަގުލަބިއްޔަތު ރައުޔުގައި ފަނޑިޔާރު އަލީ ރަޝީދު ފާހަގަކުރައްވާފައި ވަނީ އެމީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވެދާނެފަދަ ހާލަތެއް އޮތް ކަމަށާއި، އެމީހުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެވެނީ ވެސް އަނިޔާވެރިކަން އިންތިހާޔަށް އެކުލެވިގެންވާ އަމަލެއްގެ ކުށް ކަމަށެވެ. އެހެންކަމުން، އެމީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ އަމަންއަމާންކަމަށް ބުރޫއަރާނެފަދަ ހާލަތެއް ވުޖޫދުގައި އެބައޮތް ކަމަށް ވިދާޅުވި އެވެ.އެހެންވެ، ހައިކޯޓުގައި އޮތް މި ހަތް މީހުންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވެފައި ވަނީ އެމީހުންގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުވެފައި ނުވާ ކަމަށާއި، އެ ނިންމުން އައީ އެމީހުންނަކީ ހަމަ ހަގީގަތުގައި ވެސް އަނަސް މަރާލި މީހުންކަން ކަށަވަރު ނުވާ ކަމަށް ބުރެވެ ކަމަށެވެ. އެހެންކަމުން އެމީހުންނަކީ އަނަސް މަރާލުމުގައި ބައިވެރިވި މީހުންކަން އެނގޭން ނެތަތީ، އެމީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ