މޮނާލީ ބުނޭ ހާލު ރަނގަޅޭ، އެއީ ދޮގު ޚަބަރެކޭ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޮނާލީ ތާކުރުގެ ސިއްހީ ހާލު ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ބުނެ މީޑިއާއިން ފެތުރީ ދޮގު ހަބަރުތަކެއް ކަމަށް ބުނެފިއެވެ. މޮނާލީގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ ހިއްސާކުރި ޕޯސްޓެއްގައި އެދިފައިވަނީ، ހަގީގަތާ ޚިލާފު ވާހަކަތައް ޔަގީންކަމެއް ނެތް ގޮތުގައި ނުފެތުރުމަށެވެ. މޮނާލީގެ ސިއްހީ ހާލަތާ މެދު ވަރަށް ގިނަ ބަޔަކުން ކަންބޮޑުވެ, މެސެޖުތަކެއް ލަވަކިޔުންތެރިޔާއަށް ލިބުނު ކަމަށާއި އެ ކަމަށް ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ނަމަވެސް, މީޑިއާއިން އެބުނާ ފަދަ ސިއްހީ މައްސަލައެއް ދިމާނުވާ ކަމަށާއި އޭނާގެ ބަލި ހާލަތު މާ ބޮޑަށް ގޯސްވީ ދާދި ފަހުން ޖެހުނު ވައިރަލް ފްލޫއާ ގުޅިގެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަރާމު ނުކުރެވުމުން ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަ ރެކޯޑުކޮށްދީފައިވާ މޮނާލީގެ ސިއްހީ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީޑިއާއިން ޚަބަރު ފަތުރާފައިވަނީ ދާދިފަހުން ލަވަކިޔުންތެރިޔާ ހުށަހަޅައިދިން ސްޓޭޖް ޕާފޮމެންސެއްގައި ނޭވާލުމުގެ މައްސަލަ ކުރިމަތިވި ކަމަށް ބުނެއެވެ. މޮނާލީ ތާކުރުގެ އިންސްޓަގްރާމް ޕޯސްޓު--ފޮޓޯ/ބޮލީވުޑްހަންގާމާ ބައެއް މީޑިއާތަކުން ބުނެފައިވަނީ މޮނާލީގެ ހާލު ދެރަވެ, ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. މި ޚަބަރުތަކާ ގުޅިގެން ލަވަކިޔުންތެރިޔާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޮނާލީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވަނީ މިހާ ކުދިކުދި ކަންކަން ބޮޑުކޮށްލައިގެން ނޫސްތަކުގައި ލިޔުމަށްވުރެ ނޫސްވެރިން އިސްކަންދިނުން މާ މުހިންމު މައްސަލަތައް އެބަހުރި ކަމަށެވެ. އިންޑިއާގެ ބިހާރުގައި ކުރިއަށްދިޔަ ދިންހަޓާ ފެސްޓިވަލުގައި ޕާފޯމް ކުރަނިކޮށް ނޭވާލާން އުނދަގޫވެ ލަވަކިޔަން އުނދަގޫވާން ފެށުމުން ލަވަކިޔުންތެރިޔާ ގެންގޮސްފައިވަނީ ދިންހަޓާގެ ސަބް-ޑިސްޓްރިކްޓްގައި ހުންނަ ހޮސްޕިޓަލަކަށް ކަމަށް އެ ވަގުތު އެ ތަނުގައި ތިބި މީޑިއާ ރިޕޯޓަރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ