އަރަފާތު ބިމުގައި ހުންނަވައި ރައީސް ގޮވާލެއްވީ އެއްބައިވަންތަވާން

އެ މަނިކުފާނުގެ ދުޢާއަކީ ދިވެހީންގެ ތެރޭގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ބަދަހިވެގެން ދިޔުން ކަމަށް އަރަފާތު ބިމުގައި ހުންނަވައިގެން ދުވަހާ ގުޅުވައި އެންމެހައި ދިވެހީންނަށް ދެއްވި ޚާއްސަ މެސެޖެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޙައްޖު ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ވަނީ ދުވަހުގެ ހެޔޮ ދުއާއާއި ތަހުނިޔާ ދިވެހީންނަށް އަރިސްކުރައްވާފައެވެ. އެގޮތުން، އެ މަނިކުފާނުގެ ދުޢާއަކީ ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ އެންމެންނަށް މިންވަރުކޮށް ދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. https://x.com/presidencymv/status/1930474660761641418?s=08 އަޅުގަނޑުމެންގެ ހިތްތަކުގައި އަޅުގަނޑުމެންނަކީ އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަމާއި އުޚުއްވަތްތެރިކަން އަޅުގަނޑުމެންގެ ތެރޭގައި ބަދަހިވެގެން ދިޔުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއިން ދެއްވި ޚާއްސަ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން މައްކާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް 1،000 މީހުން މައްކާއަށް ދިޔައެވެ. އެ ޙައްޖުވެރިން އަރަފާތު ބިމުގައި ތިބީ ހެޔޮ ހާލުގައި ކަމަށް ރާއްޖޭގެ ޙައްޖު މިޝަން އިން ވަނީ ބުނެފައެވެ. އެ ޙައްޖުވެރިން އަރަފާތުގައި ތިބެ މެންދުރު ނަމާދަށް ފަހު، އިމާމު މީހާ ޙައްޖު ޚުތުބާ ދެއްވާނެއެވެ. އެއަށް ފަހު ޙައްޖުވެރީން މިއަދުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެ ނަމާދުތަކަށް ފަހު އަރަފާތުގެ ސަރަހައްދަށް ގޮސް، އިރުއޮއްސެންދެން ޙައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ. https://sun.mv/206945 މިއަދުގެ އިރުއޮއްސެން ދެން ޙައްޖުވެރިން ހޭދަކުރާނީ ދުއާކުރުމާއި ޒިކުރު ކުރުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ