ސުވަރުގެ ވައްދަވާ މީހުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއްކުރަން ހިތަށްވެސް ނާރާނެ!

ކޮންމެ މީހަކަށް ނަމަވެސް ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ސުވަރުގެ ވަދެވުމާއިއެކު އެމީހާގެ ހިތް ވާނީ އުފަލުން ފުރިގައެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޙަމްދުޘަނާކިޔައި ﷲ ތަޢާލާ މަތިވެރިކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްވެސް ނުވާނެއެވެ. އެފަދަ ކަމެއް ކުރަން ހިތަށްވެސް ނުއަރާނެއެވެ.
މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުން ކުރާ ސުވާލުތަކުގެ ސަބަބުންނެވެ. ސުވަރުގޭގައި މަސާޖްކުރެވޭނެތޯ އެބަ ސުވާލުކުރެއެވެ. އަހުރެން ބުނާނީ އެމީހަކު ބޭނުންވެއްޖެނަމަ މަސާޖްވެސް ކުރެވޭނެ ކަމަށެވެ. އެކަމަކު މަސާޖްކޮށްދޭނީ އެމީހަކަށް ދެއްވަވާ ޙޫރަލްޢީނުންނެވެ. ހިލޭ އަންހެނުންނެއް ނޫނެވެ.
ސުވަރުގެއިން ދެއްވަވާ ބައިވެރިންގެ ފުރިހަކަން ބޮޑުކަމުން އެނޫން މީހަކާއިމެދު ވިސްނަންވެސް ބޭނުމެއް ނުވާނެއެވެ. --އިސްލާމީ ތިލަަފތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ދުންފަތުގެ އިސްތިޢްމާލްކުރުން ހުއްޓާލަން މީހެއްގެގާތު ބުނުމުން ބުންޏެވެ.
"އަހަރެން ހުއްޓާލައިފާނަމެވެ. ނަމަވެސް ސުވަރުގޭގައި އަހަރެންނަށް ސިގިރޭޓް ލިބޭނެ ހެއްޔެވެ؟"
ޖަވާބުގައި އަހަރެން ބުނީމެވެ.
"ފަހަރެއްގައި ތިއަކަންވެސް ވެދާނެއެވެ. ނަމަވެސް ރޯކުރަން އަލިފާން ބޭނުންވާނެއެވެ. އަލިފާން ލިބޭނީ އެހެންތަނަކުން (ނަރަކައިން) ނެވެ."
އެނގިގެން މިދަނީ ސުވަރުގެ ދާން މަސައްކަތްނުކޮށް ސުވަރުގެ ބޭނުންވާކަމެވެ. އެއީ ކިހިނަކުންވާނެކަމެއް ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ