17 އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ތުހުމަތު ގާތް ބަޔަކަށް

ސަތާރަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށައަޅާފައި ވަނީ މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި ހާދިސާ ހިނގީ  ނޯތް ޕޮލިސް ރީޖަން (ނ, ރ, ބ, ޅ) ގައި ހިމެނޭ ރަށެއްގައި ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އޮތީ އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބައެއްގެ މައްޗަށް ކަމަށެވެ.
Advertisement
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ކަމާގުޅުން ހުރި އިދާރާތަކާ އެކު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ