ފިތުރު ޒަކާތް ބަހާ ގޮތަށް ބަދަލެއް؛ ފަގީރުންގެ ދަފުތަރުން ކޮންމެ މީހަކަށް 4،500 ލިބޭނެ

މި އަހަރު ފިތުރު ޒަކާތް ބަހާ ގޮތަށް ބަދަލެއް ގެނެސްފައިވާ ކަމަށާއި، އެ ބަދަލާއެކު، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް މި އަހަރު 4،500 ރުފިޔާ ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ޝަހީމް މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފިތުރު ޒަކާތް ދައްކާ ގޮތަށް ގެނައި ބަދަލުގެ މަގުސަދަކީ އިޖްތިމާއީ އަދާލަތު ގާއިމުކުރުން ކަމަށާއި، މި ފަހަރު އެއް ހަމައަކުން ޒަކާތް ބެހުމުން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ލިބޭނެ ކަމަށެވެ. "މީގެ ކުރިން މިކަން ކުރާ ގޮތަކީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުއިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށެވެ. މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް މި ހަފުތާ ބަންދުގައި ކުރިއަށްގެންދާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. https://sun.mv/204140 އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްކަންދަރު ސްކޫލުގައި ކަމަށާއި ހުކުރު ދުވަހު 14:00އިން 16:30އަށް އަދި 21:30އިން 23:00އަށް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ހޮނިހިރު ދުވަހު 10:00އިން 12:00އަށް އަދި 13:00އިން 15:00އަށް ވެސް ގޮވާމުގެ ބާވަތްތައް ބަހާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ