މި އަހަރު ހައްޖަށް ދާ ދިވެހިން ހައްޖުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިއަދު ފުރި ހައްޖު ކޯޕަރޭޝަންގެ ޓީމުގައި އެހީތެރިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ހިމެނިވަޑައިގެންފި އެވެ.
ތަފްސީލު - ދިވެހި ހައްޖާޖީން މި މަހު 26ގައި ފުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މައްކާއަށް ދިޔަ ހައްޖު މިޝަން އާއި ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުގައި އެހީތެރިއެއްގެ ގޮތުގައި ޒަކަރިއްޔާ ހިމެނޭކަން އެ ކޯޕަރޭޝަންގެ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް ވަނީ ޔަގީންކޮށްދީފަ އެވެ.
ޕީއެސްއެމްއިން އެޑްވާންސް ޓީމާ އެކު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތައްޔާރުކުރި ވީޑިއޯ ރިޕޯޓެއްގައި ވެސް ޒަކަރިއްޔާ އެ ތަނުގައި އިހުރާމު ބަނދެގެން ހުންނަވާތަން ފެނެ އެވެ.
ޒަކަރިއްޔާއަށް ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް، ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ނުލިބެ އެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ހައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް 'ދައުރު'އަށް ވިދާޅުވީ މިއަދު ފުރި އެޑްވާންސް ޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިން އަދި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިމެނޭ ގޮތަށް 17 މީހަކު ފުރި ކަމަށެވެ.
"އެހީތެރިން ނަގަނީ އާންމުކޮށް އިއުލާންކޮށްގެން އަދި އިންޓަވިއު ޕްރޮސެސްއަކުން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އެހީތެރިންގެ ޓީމުގައި ހިމެނޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އާންމުކޮށް އިއުލާންކުރުމުން ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.
"ފުލުހުންގެ އޮފިސަރު ލެވެލްގެ ބޭފުޅުން ވެސް ހިމެނޭ. އާންމުކޮށް ކުރާ އިއުލާނެއްގައި ވަކި މަގާމެއްގައި ހުރި މީހެއް ތަފާތެއް ނުކުރެވޭނެ،" ޝަކީލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އެހީތެރިއެއްގެ ގޮތުގައި ހައްޖަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ