ދަރިމައިވާ މިންވަރު ދަށްވާ އިގުތިސާދީ ސަބަބުތަކާ ބެހޭ ދިރާސާއެއް ހަދައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) ގުޅިގެން ރާއްޖޭގައި ދަރިމައިވުމުގެ މިންވަރު ދަށްވުމަށް މަގުފަހިވާ އިގުތިސާދީ ސަބަބުތަކާ ބެހޭ ދިރާސާއެއް ހަދަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި އެކި ވުޒާރާތަކާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، އެހެނިހެން ފަރާތްތަކުގެ ބައިވެރިންނާއެކު އިއްޔެ ވަނީ އެ މުހިންމު ދިރާސާ ނެރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ފެށުމުގެ ގޮތުން ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރު ކުންލޭ އަޑެނިޔީ ވަނީ ގޮތުގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮގްރަފިކް ތަރައްގީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން، އަންހެނުންނާއި ޒުވާނުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި، ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބާރުވެރި ކުރުވުމަށް ޔޫއެންއެފްޕީއޭއިން ހިތްވަރު ދޭ ބައެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވިއެވެ. https://x.com/MNUedu/status/1923005104468234415 މި ހަރަކާތުގައި ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދިޔަ އިރު، ޕެނަލް ޑިސްކަޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ: ޓަޓިނާނާ ކަރަބްޗުކް - ލީޑް ރިސާޗާ މައިމޫނާ އަބޫބަކުރު - ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، އެޗްޕީއޭ ހުސައިން ނިޔާޒް - ޑިމޮގްރަފާ ޝާދިޔާ އިބްރާހީމް - ހެޑް އޮފް އޮފީސް، ޔޫއެންއެފްޕީއޭ މޯލްޑިވްސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ޔޫއެންއެފްޕީއޭއިން ބުނި ގޮތުގައި އުއްމީދަކީ އެ ދިރާސާގެ ނަތީޖާގެ ސަބަބުން ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ދަށްވަމުންދާތީ އެކަމުން އަރައިގަތުމަށް ކުރިއަށް އޮތް ތަނުގައި ގައުމީ ރޭވުމާއި ސިޔާސަތުގެ ނިންމުންތަކަށް އިރުޝާދު ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފުރިހަމަ ދިރާސާ ރިޕޯޓް ނެރޭނެ ކަމަށް ޔުނިވަސިޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ