މިއީ މިއަހަރު އުމްރާއަށްދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ފަސޭހަ ހަލެއް ހަމަޖައްސައިދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރުގެ ރޯދަމަހު އުމްރާއަށްދާ ކޮންމެ މީހަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1500 ޑޮލަރު އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އުމްރާވެރިޔަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް އެ ބޭންކަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދަންނަވާފައިވާ ކަމަށެވެ.މިއީ މިއަހަރު އުމްރާއަށްދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.މިހާރު ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓަކީ 250 ޑޮލަރެވެ. މި ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ލިބުމާއެކު އުމްރާވެރިންނަށް ޖުމްލަ 1،750 ޑޮލަރަށް އިތުރުވެގެންދާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރޯދަމަހު އުމްރާއަށްދާ މީހުންގެ ކާޑު ލިމިޓަށް އިތުރު 1500 ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ