ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ އަަދަދެއްގެ ބަރުދަންހުރި މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއް ބަލައި ފާސްކުރަން ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ޝިޕްމަންޓުގައި ހިމެނެނީ 2،138 ގްރާމުގެ މެތަމްފެޓަމިން އާއި 1،086 ގްރާމުގެ ކެޓަމިން އަދި 310 ގްރާމުގެ ހެރޮއިން އެވެ. އެތަކެތީގެ ޖުމްލަ ބަރުދަނަކީ 3.5 ކިލޯ އެވެ.
މި ތަކެތީގެ މަގުމަތީ އަގު 6.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މަސްތުވާތަކެތީގެ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި އަތުލާގަތް ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ. މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ