ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ފަހެއްގެ ފައިނަލުގައި ދަރަނބޫދޫ އާއި ކުޑަހުވަދޫ ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ފަހެއްގެ ފައިނަލުގައި ދަރަނބޫދޫ އާއި ކުޑަހުވަދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގެ ފައިނަލުގައި ފ. ދަރަނބޫދޫ އާއި ދ. ކުޑަހުވަދޫ ބައްދަލުކުރަން ޖެހި، ދެ ޓީމަށް ވެސް މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ލިބިއްޖެ އެވެ.
ރޭ މި ޒޯނުގައި ކުޅުނު މެޗުތަކަށް ބަލާއިރު، މުލަކުގެ މައްޗަށް ދިއްގަރުން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ދަރަނބޫދޫ އަތުން ކުޑަހުވަދޫ 6-2 އިން މޮޅުވިއިރު، މި ދެ ޓީމަށް ވެސް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ.
ޒޯން ފަހެއްގެ ލީގު ބުރުގެ އެއް ވަނައިގައި ފައިނަލަށް ދަތުރުކުރި ކުޑަހުވަދޫ އަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު, ދެ ވަނައިގައި އޮތް ދަރަނބޫދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ ދިއްގަރަށް ތިން ޕޮއިންޓް ފުލުގައި ނިންމި، މުލަކަށް ދެ ޕޮއިންޓް ލިބުނެވެ.
މި މެޗުގެ 16 ވަނަ މިނިޓްގައި ދިއްގަރުގެ ނޫހު މަސްއޫދު ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މުލަކުގެ މާޒިން މުހައްމަދު ޖެހި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ.
މެޗުން ދިއްގަރު މޮޅުކޮށްދިން ގޯލު ދެ ވަނަ ހާފުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމަށް ޖަހާދިނީ އަހުމަދު މިދުހަތު މަހްމޫދް އެވެ.
ރޭގެ މެޗުގައި ކުޑަހުވަދޫގެ ހާރޫން އިބްރާހީމް (ހާންޑޯ) އާއި ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އެވެ. އަދި ހުސެއިން އައިހަމް އާއި ހުސެއިން އިފްހާމް ވަނީ ގޯލެއް ޖަހައިފަ އެވެ.
ދަރަނބޫދޫގެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ސާޖިދް އަހުމަދު އިބްރާހީމް އާއި މުއައްލިމް އުމަރު އެވެ. މި ޒޯނުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ.
20:00: ޒޯން ހަތަރެއް: އއ. މަތިވެރި - އދ. މަހިބަދޫ
20:00: ޒޯން ހަތަރެއް: އދ. މަންދޫ - އއ. ތޮއްޑޫ
21:00: ޒޯން އެކެއް: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ
21:00: ޒޯން އެކެއް: ހއ. ދިއްދޫ - ހއ. ވަށަފަރު
22:00: ޒޯން ދޭއް: ށ. ކަނޑިތީމު - ނ. މިލަދޫ
22:00: ޒޯން ދޭއް: ރ. އިނގުރައިދޫ - ރ. ދުވާފަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ