ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ހިދުމަތް ދޭ މީހުންނަށް ޅެން ފަރުވާ ބޭނުންކޮށްގެން ފަރުވާ ދިނުމާ ގުޅޭގޮތުން އެ ޑިޕާޓްމަންޓާއި ގައުމިއްޔަތު މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްފި އެވެ.
އެޕްރީލް 29، ގައި ބޭއްވި މި ބައްދަލުވުމުގައި ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވި އެވެ.
"މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ. އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ،" ފުލުހުން ހިއްސާކުރި މައުލޫމާތު އެނގެ އެވެ.
އޭގެ އިތުރުން، ދެ އިދާރާ ގުޅިގެން އެކި ކަހަލަ ދިރާސާތައް ހެދުމަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި, "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމިޓީން ފާސްކުރީ "ޅެން ފަރުވާ" އެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ދިރާސާއެއް ކުރައްވާނެ ކަމަށް މި ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، އެ ދިރާސާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.
ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ޅެން ފަރުވާ ދިނުމަށް ގައުމިއްޔަތު މިނިސްޓްރީ އާއެކު މަޝްވަރާކޮށްފި ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ޅެން ފަރުވާ ދިނުމަށް ގައުމިއްޔަތު މިނިސްޓްރީ އާއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ