ގޯލްޑަން ފުޓްސަލް ޗެލެންޖް: ވިލިމާލެ އަށް ދެ ވަނަ މޮޅު، މާފަންނަށް ދިރުމެއް ގޯލްޑަން ފުޓްސަލް ޗެލެންޖް: ވިލިމާލެ އަށް ދެ ވަނަ މޮޅު، މާފަންނަށް ދިރުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އަށެއްގައި ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް، ވިލިމާލެ ގަދަ 16 އިން ޖާގަ ހޯދުމާ ގާތަށް ޖެހިލިއިރު، މި ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން، މާފަންނުން ހުޅުމާލެ ބަލިކޮށް ކުރިއަށް ދިއުމުގެ އުންމީދެއް ހޯދައިފި އެވެ.
ރޭ ކުޅުނު ޒޯން އަށެއްގެ ފުރަތަމަ މެޗުގައި މައްޗަންގޯޅީގެ މައްޗަށް ވިލިމާލެ އިން ކުރިހޯދީ 7-1 ގެ ނަތީޖާ އަކުންނެވެ. މީގެ އިތުރުން މި ޒޯނުގައި މާފަންނުން ހުޅުމާލެ ބަލިކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި ނަތީޖާތަކާ އެކު ޒޯން އަށެއްގެ އެއް ވަނައިގައި ވިލިމާލެ އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާފަންނާއި ތިން ވަނައިގައި އޮތް މައްޗަންގޯޅި އަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. މާފަންނު އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ފުލުގައި އޮތް ހުޅުމާލެ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، ކަޓައިފަ އެވެ.
ރޭގެ މެޗުގައި ވިލިމާލޭގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް ތިން ގޯލު ޖަހައި ހެޓްރިކް ހެދިއިރު, އިސްމާއިލް ވިފާގް (އިއްސެ) ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން، އެ ޓީމުގެ އަބްދުالله މުއާޒް (އޮޓޯ) އާއި އަބްދުالله ޝައްފާން (ޝާކާ) މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހައިފަ އެވެ.
މި މެޗުގައި މައްޗަންގޯޅިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ.
ރޭގެ މެޗުގައި މާފަންނުގެ ތިން ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ހަމްދޫން އެވެ. ހުޅުމާލޭގެ ގޯލަކީ މާފަންނުގެ ޔޫހް ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ނަތީޖާތަކާއެކު ޒޯން އަށެއްގެ އެއްވަނައިގައި ވިލިމާލެ އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާފަންނާ ތިންވަނައިގައި އޮތް މައްޗަންގޯޅި އަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. މާފަންނު އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ރ. ދުވާފަރު - ށ. މިލަންދޫ: ޒޯން ދޭއް (20:00)
ނ, މިލަދޫ - ރ. އިނގުރައިދޫ: ޒޯން ދޭއް (20:00)
އއ. ތޮއްޑޫ - ވ. ކެޔޮދޫ: ޒޯން ހަތަރެއް (21:00)
އދ. މަހިބަދޫ - އދ. މަންދޫ: ޒޯން ހަތަރެއް (21:00)
ހދ. ނޭކުރެންދޫ - ހއ. ވަށަފަރު: ޒޯން އެކެއް (22:00)
ހދ. ނައިވާދޫ - ހއ. ދިއްދޫ: ޒޯން އެކެއް (22:00)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ