ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގއ. ވިލިނގިއްޔަށް އެތެެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނި ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަތީ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރި ބޯޓަކުންނެވެ.
އެ ބޯޓުން މަސްތުވާތަކެތި ހޯދީ، ބޯތު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމަށް ފަހުގަ އެވެ. ފުލުހުން ބުނީ އެ ބޯޓުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުގެ ވަގުތީ ބަރުދަނަކީ 231 ގްރާމު ކަމަށެވެ. އެއީ ކޮން ބާވަތެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖެއިން 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނައިން ޖިނާއީ ދައުވާތައް ކުރީ ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްްސަލަތަކުގަ އެވެ.
ގއ. ވިލިނގިއްޔަށް ބޯޓެއްގައި އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގު އަތުލައިގެންފި ގއ. ވިލިނގިއްޔަށް ބޯޓެއްގައި އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ