އިޒްރޭލުން ސްކޫލަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ގާޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގެ ދަށުން، އެ ސަހަރުގެ ތިން ސުކޫލަކަަށް ނިރުބަވެރި ހަމަލާތަކެއްދީ، 33 މީހުން ޝަހީދު ކޮށްލައިފި އެވެ. މި ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ތަރުޖަމާނު މަހްމޫދު ބައްސާލް ވަނީ ވިދާޅުވެފަ އެވެ. ސުކޫލަކަަށް ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 18 ކުޑަކުދިން ހިމެނެއެވެ. ގާޒާގެ ސިއްހީ ހިދުމަތްތެރިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާޒާއަށް ދީފައިވާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 112އަށް އުފުލިފައިވާ ކަމުގަ އެވެ. އިޒްރޭލު ސިފައިން ބުނީ ސްކޫލަށް އަމާޒުވި ހަމަލާއަކީ "ކޮމާންޑު ސެންޓަރަށް" ދިން ހަމަލާކަން ކަށަވަރުނުކުރެވޭ ކަމަށެވެ.އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލާތަކަށް ފަހު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރިކަން ހޯދަން ސްކޫލްތަކާއި އެފަދަ އެހެން ފެސިލިޓީތަކުގައި ހިމާޔަތް ހޯދައިފަ އެވެ.މިއީ ގާޒާގައި ހަރަކާތްތެރިވާ ހަމާސް ނައްތާލުމަށް ކަމަށް ބުނެ ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމު، އޮކްޓޯބަރު 2023 ގައި ފަށައިގަތް ފަހުން ކޮންމެ ދުވަހެއްގެ ވެސް ނަތީޖާ އެވެ.މި ތާރީހުން ފެށިގެން މިއަދާ ހަމައަށް ގާޒާއިން 52،183 މީހަކު މަރުވެފައިވާކަން ރަސްމީ އިދާރާތަކުން -- ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ