ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިގް ހޯދަން ޑްރޯން ބޭނުންކޮށްގެން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފި ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިގް ހޯދަން ޑްރޯން ބޭނުންކޮށްގެން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފި

ތ. ހިރިލަންދޫއަށް ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25، ހޯދަން އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާ ގޮތުގައި އެމްއެންޑީއެފްގެ ބައިރަކްތާރު ޓީބީ-2 ޑްރޯނެއް މިއަދު އަށް ގަޑިއިރު ވަންދެން ތ. އަތޮޅު މަތިން ދުއްވި އެވެ. ޑްރޯން ދުއްވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އާންމުކޮށް އުދުހޭ ޕެޓާން ތަކަށެވެ.
އަށާރަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ އެ ބޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ އަލިފާން ރޯވުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް، އެ އުޅަނދު ތ. އަތޮޅު އެތެރެވަރިއަށް އަޑިޔަށް ދިޔައީ އެމްއެންޑީއެފުން ބުނި ގޮތުގައި އެ ރޭ މެންދަމު 2:07 ހާއިރު އެވެ.
އެމްއެންޑީއެފްގެ ޑްރޯން އިން މިއަދު ތ. އަތޮޅު މަތީ އުދުހުނު ގޮތް --- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް / ފްލައިޓު ރާޑާ
އެ ބޯޓުން ދަތުރުކުރި އަނެއް 17 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ބައެއް މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާދިން ނަމަވެސް ޖުމްލަކޮށް އެންމެންގެ ހާލު ރަނގަޅެވެ.
މުޝްފިގު ހޯދަން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން އެންމެ ފަހުން މައުލޫމާތު ހިއްސާކުރީ ރޭގަ އެވެ. އެއިރު ސިފައިންގެ މީޑިއާ ޓީމުން ބުނީ އިއްޔެ ކަނޑު އަޑިއަށް ފީނައިގެން 65،100 އަކަ މީޓަރު އަދި ކަނޑުގެ ސަތަހައިގެ 92.94 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް މުޝްފިގުގެ ހިލަމެއް ވެފައިވާ ކަމަކަށް ސިފައިން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ