މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމަށާއި، އެސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
“އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ގައުމަށް ގެނުވި ކުރިއެރުމާއި، “މަޖީދިއްޔަ ނޫރުން” މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އަހަރީ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ.
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހު 20 ވަނަ ދުވަހު ހުޅުވާލަނީ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ މިޔަރެއްގެ ހަމަލާގައި މީހެއްގެ ކޮނޑުހުޅު ނެއްޓި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ