މާލެއިން ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން މަސައްކަތް ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޑިވައިންޓެސްޓް، ބަދީޢުއްޒަމާން (41އ) އެވެ.
ފުލުހުން ބުނެފައުވާ ގޮތުން އޭނާއަށް ކުރެވެނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. 
Advertisement
އެގޮތުން ފުލުހުން ބުނީ، މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން ކަމަށެވެ.
އަދި މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.32 ގްރާމު ހުރި ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ