ބިންވެރިޔާ ސްކީމްގެ އޮޑިޓުން އިތުރު މައްސަލަތަކެއް ފާހަގަވެ، އެޗްޑީސީން ފުލުހަށް ހުށަހަޅައިފި

ކުރީ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އޮޑިޓެއްކޮށް، އެ އޮޑިޓުން ފާހަގަވި އިތުރު މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފިއެވެ. އެޗްޑީސީން މިއަދު ބުނީ، އެ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެންމެ މީހަކަށްވުރެ ގިނަ މީހުން އެއް ބިމެއްގައި އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާ ކަމަށެވެ. ހުޅުމާލެ ބިންތަކެއް ----- ފޮޓޯ/ އެޗްޑީސީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ޚާއްސަ އޮޑިޓެއް ކޮށް، އެ އޮޑިޓުން ބިންވެރިޔާ ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައި ވާކަން އެޗްޑީސީން ފާހަގަކުރިއެވެ. އެހެންކަމުން އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ. އެޗްޑީސީން ބުނީ، މިފަދަ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. މުސްތަގުބަލުގައި ވެސް މިފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައިވެއެވެ. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަހަރު ފެންމަތިވިއެވެ. މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ނުހައްގުން ގޯތި ލިބުން މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. https://sun.mv/200688 މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ގިނަ މުއައްޒަފުންތަކެއް ސްޕެންޑް ކޮށްފައިވާއިރު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ތުހުމަތުތަކަށް އިންކާރުކޮށް، ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ބުނެއެވެ. އެއާއެކު މިހާރު އެޗްޑީސީއަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުޙައްމަދު މައުރޫފް ޖަމީލު ވަނީ އައްޔަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ