ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު އެ ގައުމުގެ ރަސްގެފާނަށް އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު ފުއާދު، ފަތްކޮޅު އެރުވުމުން އޮތީ އިއްޔެ ހެނދުނު ރަސްގެފާނުގެ ރަސްމީ ގަނޑުވަރުކޮޅުގައި ކަމަށެވެ.
ފުއާދު ތައުފީޤު ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑަރ އެޓް ލަރޖްގެ މަޤާމުގައެވެ. ފުއާދު އެ މަޤާމަށް ހަމަޖައްސަވާ ފަތްކޮޅު ދެއްވީ ޑިސެންބަރު 16، 2024 ގަ އެވެ.
Advertisement
މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެ ގައުމަށް ވަޑައިގަތީ ޖަނަވަރީ މަހުގެ މެދުތެރޭގަ އެވެ.
ފުއާދު ކުރީން ހުންނެވީ އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމުގަ އެވެ. ކޮމިޝަންގެ ރައީސްކަން ދެ ފަހަރު ކުރައްވާފައިވާ ފުއާދަކީ ވަރަށް ބޮޑު ޤައުމީ ޚިދުމަތްތެރި އެކެވެ. ކޮމިޝަންގައި ހޭދަކުރެއްވި މުއްދަތުގައި ގިނަ ބަޔަކު ފުއާދު ބަލައިގަތީ މިނިވަން، އިންސާފުވެރި ވަރަށް ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ.
ކުރީން ވެސް ފުއާދު ވަނީ ޚާރިޖިއްޔާގައި މަސައްކަތް ކުރައްވާފަ އެވެ.
ފުއާދު ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ