މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން: ތިޔަބައިމީހުން ނަމާދަށް ރައްކައުތެރިވާށެވެ!

ނަމާދަކީ އިސްލާމްކަމުގެ އެންމެ މުހިންމު އެއް ރުކުނެވެ. އެއީ އިންސާނާއީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ ޢަލާމާތެވެ. ފަރްޟު ފަސް ނަމާދަށް ރައްކައުތެރިވުމީ މުސްލިމެއްގެ އެންމެ މުހިންމު ވާޖިބެވެ. އަލްބަޤަރާ ސޫރަތުގެ 238ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 
﴿حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ‎﴾‏[1]
މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!"
ފަރްޟު ފަސްނަމާދު އަދާކުރާންވާނީ އޭގެ ވަގުތުތަކުގައެވެ. ކަންނެތްކަމެއް ނެތި ފަރުވާތެރިކަމައެކުގައެވެ. ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހަލާޚުހުރިކަމަށް ސޫރަތުލް މާޢޫންގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.
﴿فَوَيْلٌ لِّلْمُصَلِّينَ ‎*‏ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ‎﴾[2]
މާނައީ: ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. ޅަދަރީންނަށް އެ ކުދީންގެ ޅަފަތުގައި ނަމާދުކުރުމަށް ބާރުއެޅުމަށާއި ބޮޑެތިވުމުން އަދަބުދީގެން ވެސް ނަމާދުކުރާ ކުދީންނަށް އެ ކުދިން ހެދުމަށް ބާރުއަޅުއްވައި މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ.
(مُرُوا أَوْلَادَكُم بِالصَّلاةِ وَهُمْ أَبنَاءُ سَبْعِ سِنينَ، وَاضْرِبُوهُمْ عَلَيهَا وَهُمْ أَبْنَاءُ عَشْرِ سِنينَ وَفَرِّقُوا بَينَهُم في الـْمَضَاجِعِ) [3]
މާނައީ: ތިޔަބައިމީހުންގެ ދަރީން ގެ ޢުމުރުން 7 އަހަރު ފުރުމުން އެ ކުދީން ނަމާދުކުރުމަށް އަންގާށެވެ! އަދި 10 އަހަރު ފުރުމުން (ނަމަދަށް ފަރުވާކުދަކުރާނަމަ) އެކަމަށް ޓަކައި އަދަބު ދޭށެވެ! އަދި އެ ކުދީން ނިދާ ތަންމަތިތައް ވަކިކުރާށެވެ! މި ޙަދީޘަށް ބަލާއިރު ކުޑަކުދިން ޅަފަތުގައި ނަމާދަށް ފަރިތަކޮށްދޭން ޖެހޭކަން އެނގެއެވެ.
ނަމާދު ވަގުތުން ފަސްހަނދާންނެތުމާއި ނިދީގެ ސަބަބުން ނަމާދެއް ދޫވެއްޖެ މީހާ ޢަމަލުކުރާންވީ ގޮތް ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
 (مَن نَسيَ صَلَاةً فَليُصَلِّيَهَا إذَا ذكَرَهَا، لَا كَفَّارَةَ لَها إِلَّا ذَلِكَ)[4].
ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ ނަމަ އޭގެ ކައްފާރާއަކީ ހަނދާންވުމުން އެ ނަމާދެއް ކުރުމެވެ. އެ ނޫން އެހެން ކައްފާރާއެއް ނަމާދަކަށް ނުވެއެވެ.
- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު
- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ