ވަގަށް ރާއްޖެ އެތެރެކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

އެ ކޮންޓެއިނަރުތައް ބަލައި ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 13 މިލިއަން ސިގިރޭޓު މޯލްޑިވްސް ކަސްޓަމްސް އިން ރޭ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ސިނގިރޭޓު ފޮށިތައް އަތުލައިގެންފައި ވަނީ ޕުލައިވުޑް ޝިޕްމެންޓެއްގެ ތެރޭގައި ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުމާއެކު ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި 13.6 މިލިއަން ސިގިރޭޓު އެ ކޮންޓެއިނަރުތަކުން ހޯދާފައިވާ ކަމަށެވެ.އެގޮތުން، އެ ކޮންޓެއިނަރުތައް ބަލައި ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ކަސްޓަމްސް އިން ބުނީ އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.މި ސިނގިރޭޓުތައް އެތެރެކޮށްފައި ވަނީ ކޮން ކުންފުންޏަކުން ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ