ރާއްޖެ ހިމެނޭ ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ބާއްވައިފި

އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން ޖުލައި 12 ވީ ބުދަ ދުވަހު ވަރޗުއަލްކޮށް ބާއްވައިފިއެވެ.
މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސޭޝެލްސްގެ ވަފުދުތައް ވަނީ ބައިވެރިވެފައެވެ.
މިބައްދަލުވުމުގައި ވަނީ 2022 މާރިޗު 9އިން 10އަށް ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމާއި 2022 ޖުލައި 7 ގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެކި ދާއިރާތަކުން ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނާއި 2023-2024ގައި ކުރިޔަށްގެންދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ވަނީ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން އަންނަ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭއްވުމަށް އެއްބަސްވެފައެވެ.
ކޮލަމްބޯ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 އޮކްޓޫބަރު 5-6ގައި މޮރިޝަސްގައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ