މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ޕްރޮގްރާމަށް ދިރާގުގެ އެހީ

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރިއަށް ގެންދާ 'ބެކް ޓު ސްކޫލް' ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ފޯރުކޮށްދޭން އެއްބަސްވެއްޖެ އެވެ.
ތަފްސީލް - 'ބެކް ޓު ސްކޫލް' ޕްރޮގްރާމުގެ މަގްސަދަކީ:
ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް، ހާއްސަކޮށް އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުން
މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނޭ
މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓާއި އިސްޓާކީނު އަދި ޔުނީފޯމް ސެޓާއި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.
ދިރާގުގެ އެހީތެރިކަމާ އެކު މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު 3 އަދި 4ގެ ދަރިވަރުންނަށް ސާމާނު ފޯރުކޮށްދޭނެ
މަމްސް އެއިޑަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.
މަމްސް އެއިޑާ އެކު ދިރާގުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގްސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިަކަންދީ، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ