މާލޭގައި ކަރަންޓް ނުލިބޭ ދެ ގެޔަކާއި ދިމާވެއްޖެ! މިކަން މިހެން ވެގެން ނުވާނެ: ނާދިރާ

ވެރިރަށް މާލެެއިން ކަރަންޓްއާއި ނުލައި އުޅޭ ދެ އާއިލާއަކާއި ދިމާވެއްޖެކަމަށާއި، މި ހާލަތަށް ރައްޔިތުން ވެއްޓިގެން ނުވާނެ ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނުގެ ތަރުޖަމާނު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ. 
ނާދިރާ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފާރިސްގެ ކެމްޕެއިންގައި މ ވިކްޓްރީ ހައުސްގައި ޖަގަހައެއް ހުޅުވުމަށް  ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 
ނާދިރާ ވިދާޅުވީ ކަރަންޓުގެ ޚިދުމަތާއި ނުލައި އުޅޭ ދެ ގެޔަކާއި، ފެނުގެ ޚިދުމަތާއި ނުލައި އުޅޭ ގެއެއްގެ ފަރާތްތަކާއި އެ ބޭފުޅުންނަށް ބައްދަލުފައިވާކަމަށެވެ. 
Advertisement
މިކަން މިހެން ދިމާވާންޖެހޭ ސަބަބެއް އޮވެގެންނެއް ނުވާނެ ކަމުގައި ވިދާޅުވެ ނާދިރާ ވަނީ އެ ޚިދުމަތްތަަކަކީ ރައްޔިތުންނަށް ބެނުންވާ އަސާސީ ޚިދުމަތްތައް ކަމަށާއި، އެކަންކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހުންނާނެ ކަމުގައި ވިދާޅުވެފައެވެ. 
އަދި މިހާރު މިގައުމުގެ ކަންކަން ހުންނަ އުސޫލަށް އިޝާރާތް ކުރައްވާ ނާދިރާ ވިދާޅުވީ މިގައުމުގައި މޮޅު ގޮތްތަކާއި ލުއި ގޮތްތައް އަބަދުވެސް އޮންނަނީ މުއްސަނދި ފައިސާވެރިންނަށް ކަމަށެވެ. އެގޮތުން އެތައް މިލިއަން ޑޮލަރެއް އެފަދަ ކަންކަމުގައި ހޭދަކުރަމުން ގެންދާ ކަމުގައި ނާދިރާ ވިދާޅުވިއެވެ. 
"އޭކަމަކު އެއަށްވުރެ ކުރިން އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެން ރައްޔިތުންގެ މުހުތާދުތައް ފިލުވައިދޭން"
ނާދިރާގެ ވާހަކައިގައި ފާހަގަ ކުރިއެވެ. 
މީގެ އިތުރުން ނާދިރާ ވިދާޅުވީ މި ގައުމުގައި އަބަދުވެސް އެންމެ މުއްސަނދި މީހާއަށް ކަމުގައި ވިދާޅުވެފައެވެ. 
މިގޮތުން ނާދިރާ ވިދާޅުވީ ބޯހިޔާވަހިކަަމުގެ މަޝްރޫއު ތަކުންވެސް އެންމެ ފުރަތަމަ ބިންގާ އަޅާ ހިސާބުން އޭގެ ފައިދާ ކުރަންޖެހޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި އެންމެ މަތީ ފަންތީގެ ފުދުންތެރިންނަށް ނޫންކަމަށެވެ. އެހެން ނޫންކަމަށްވާނަމަ މި ގައުމަށް އުފާވެރިކަމެއްވެސް އަދި ހަމަ ޖެހުމެއްވެސް ނާންނާނެ ކަމުގައި ނާދިރާ ވިދާޅުވިއެވެ. 
ވުމާއެކު މިފަދަ ތަފާތުކުރުންތައް ނައްތާލައި ހަމަހަމަކަން ގެނައުމަށް ނިކުމެ ހުންނެވި ކެންޑިޑޭޓަކީ ފާރިސް މައުމޫނު ކަމުގައި ނާދިރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ