ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ލީޑަރަކީ ގާސިމް: ކުރީގެ ވަޒީރު ޝައިނީ

ސިޔާސީ ކަންކަމުގައި ކުރިއަށް ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި، ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރައްވާނެ ހަމައެކަނި ލީޑަރަކަށް މިހާރު ފެންނަން ހުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމެވީ، ވަރަށް މުހިންމު ދެ ރުކުންކަމަށްވާ އިސްލާމްދީނާއި، ދިވެހި ގައުމިއްޔަތަށް ބައްލަވާފައިކަމަށެވެ.
ޝައިނީ ވިދާޅުވީ، 1996 ގައި ރާއްޖޭގައި އިމުގެ ގޮތުގައި ކަނޑައެޅިގެންދިޔަ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމުގެ އިހުސާސް ކުރެވޭކަމަށެވެ. އަދި ދިވެހިންގެ މައްޗަށް އެހެންބަޔަކު ބަސްކިޔާފަދަ ބާރުވެރިކަމެއް އޮތްކަން ވެސް އިހުސާސްކުރެވޭކަމަށް ޝައިނީ ވިދާޅުވިއެވެ. ޝައިނީ ވަނީ ރާއްޖޭގައި ބޭރުގެ ނުފޫޒު އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝައިނީ ވަނީ، ކޮންމެ ޕާޓީއަކުން ކުރިއަސް އެއީ ރަނގަޅުކަމަކަށް ވާނަމަ ޖުމްހޫރީ ޕާޓީން އެކަން ބަލައިގަންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
ޝައިނީ ވަނީ ގާސިމްގެ އެންމެ ފުރަތަމަ ޕޮލިސީއަކީ، "ދިވެހިން ފުރަތަަމަ" ސިޔާސަތުގެ ދަށުން ދިވެހިން ބާރުވެރިކުރުންކަމަށެވެ. އަދި އެމަނިކުފާނަކީ އަމިއްލަ އެދުމަށް ކަންކަންކުރައްވާ ބޭފުޅެއް ނޫންކަމަށް ޝައިނީ ވިދާޅުވިއެވެ.
ޝައިނީވަނީ ގާސިމް އިބްރާހިމްގެ މެނިފެސްޓޯގެ ބައެއް ވައުދުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީވަނީ ރައީސް ޔާމީންގެ ސަރުކާރުގައި މުހިންމު ޒިންމާތަކެއް އަދާކުރައްވާފައެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމުނުފަހުން ޖުމްހޫރީ ޕާޓީގެ މި ޖަލްސާގެ ކުރިން ޝައިނީ ސިޔާސީ މައިދާނުން ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ