ފައިސާ ދެއްކީ ޑރ. ޝަހީދު އެކަނި، އެހެން ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

ދައުލަތުގރ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ބުނެ، ދައުލަތަށް ދައްކަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ފައިސާ ދެއްކުމަށް އެންގި ހަތް ބޭފުޅުންގެ ތެރެއިން ފައިސާ ދެއްކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާ ދެއްކުމަށް ހަތް ބޭފުޅުންނަށް އެންގި މުއްދަތު މިއަދު ހަމަވެފައިވާއިރު ފައިސާ ދެއްކީ ޑރ. ޝަހީދު އެކަނި ކަމަށެވެ. ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އައިމަން ވިދާޅުވިއެވެ. އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކަވައިފިނަމަ އެޓާނީ ޖެނެރަލަށް މައްސަލަ ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހީދު ދައުލަތައް ދެއްކީ ކިހާ އަދަދެއްގެ ކަން ފިނޭންސް އިން ހާމައެއް ނުކުރެއެވެ. ފައިސާ ދެއްކުމަށް އެންގި ހަތް ބޭފުޅުންނަކީ: ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު އައިމަން ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އޮޑިޓް ރިޕޯޓްގައި ހިޔާނާތްވި ކަމަށް ފާހަގަކޮށްފައިވާ ހުރިހާ ފަރާތެއްގެ އަތުން ފައިސާ ހޯދުމަށް ފިނޭންސް އިން މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ