މިނިވަން ދުވަހުގެ ޕެރޭޑް މާދަމާ ހަވީރު އޮންނާނެ

ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "މަގުމަތީ ހިނގާލުން" ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބާއްވާގޮތަށް އޮންނާނެއެވެ
ހިނގާލުން ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.
އެމްއެންޑީއެފް އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑުގެ އިތުރުން، ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓުމާޗް ވެސް މާދަމާ އެ ގަޑީގައި މާލޭގައި އޮންނާނެއެވެ.
އެމްއެންޑީއެފް އިން ބުނީ ހިނގާލުން ފަށާނީ، މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށީން ކަމަށެވެ. މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށެވެ.
ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
މާދަމަ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ ބޮޑެތި މަގުތަކުގައި މާދަމާ ހިނގާލުން ކުރިޔަށްދާ ވަގުތު މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީ އެ ވަގުތުގައި މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ