ދިވެހި އަސްކަރިއްޔާގެ ހުއްދަ ނެތި އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރެއް ތިމަރަފުށީ އެއަރޕޯޓަށް ލޭންޑުކުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިފަދަ ތުހުމަތުތައް ކުރެވުނު ނަމަވެސް، ޑިފެންސް އިން އޭރު އެކަން ދޮގުކުރި ކަމަށެވެ.
“ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރު ދަތުރެއްކުރި، އެއީ ތިމަރަފުއްޓަށް ލޭންޑް ކުރި އިންސިޑެންޓެއް،” ޣައްސާން ވިދާޅުވިއެވެ. އަދި މިހާރު އެފަދަ ގޮތަކަށް ދިވެހިންގެ ކޮމާންޑާއި ކޮންޓްރޯލްގެ ބޭރުން ދަތުރެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ޤައުމީ ސިޔާދަތާ ގުޅުންހުރި މުހިންމު މައްސަލައެއް ކަމަށާއި، ދިވެހި އަސްކަރިއްޔާގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ބޭރު ފަރާތަކުން ހަރަކާތްތެރި ނުވެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. މިލިޓަރީ އޮޕަރޭޝަންތައް ސީދާ ހިންގާނީ މިލިޓަރީ ކޮމާންޑަރުން ކަމަށާއި، މިކަމުގައި ސިވިލް މީހުން ބައިވެރިވުން ރަނގަޅު ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން މަދަނީ މީހުން ވަނީ ގެނެސްފައެވެ. މި ސަރުކާރުން ދިވެހިންގެ ނޭޝަނަލް ސެކިއުރިޓީ އަދި ސިޔާދަތު ރައްކާތެރިކޮށް، ދިވެހި ބާރުތަކުގެ މޮނިޓަރ ކުރުމުގައި އަދިވެސް ބޭރު ގައުމުތަކުގެ އެހީ ބަލައިގަންނާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި އަދިވެސް އިންޑިއާ ސިފައިން އެބަތިބި: އުމަރު ނަސީރު ރާއްޖެއިން އިންޑިއާ ސިފައިންގެ ފަހު ބެޗް ފައިބައިފި އިންޑިއާގެ މަރުހަބާ ސަރުކާރަށް އިންޑިއާގެ ނޫސްތަކުން ދޮގު ހަބަރު ފަތުރާކަމަށް ދިވެހި ސަރުކާރުން ބުނެފި މަގުބޫލު ލިޔުންތައް ހުވަނދު ފުވައްމުލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ