ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެންބަރު މަގާމުން ވަކިކުރެވޭނެ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރު ހަސަން ލަތީފް ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްއަށް ނިސްބަތްވަ މެމްބަރު ހަސަންގެ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައެވެ.
އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގައި ބުނެފައިވަނީ، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
އަދި އެނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ދާއިރާގެ ރައްޔިތުންނަށް މެމްބަރު ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ