ފަތުވާ މަޖިލީހަށް ދެ މެމްބަރަކު އައްޔަން ކުރައްވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކޮށްފިއެވެ.
އެ މަޖިލީހަށް ރައީސް އައްޔަން ކޮށްފައިވަނީ، ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަން ކޮށްފައިވަނީ، ޑރ ޢަލީ ޒާހިރު، މ. ހިތިމާގެއެވެ.
އަދި މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ