އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށަނީ

އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މިއަދު އެމްޓީސީސީއިން ހާމަ ކުރެއްވި ގޮތުގައި އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު ވަނީ މަސައްކަތް ކުރާ ތަނަށް ގެންގޮސްފައެވެ.
މިދިޔަ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 43،200 ކިއުބިކް މީޓަރު ވެލި ގޮނޑުދަށަށް އަޅަން ހަމަޖެހިފައިވާއިރު 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ، 235 މީޓަރުގެ ސަރަހައްދެއްގއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އަދި 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގޮރޮއިން އަދި 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމަށްވެސް ވަނީ ނިންމާފައެވެ. 
އއ. ހިމަންދޫގެ ގޮނޑުދޮށް ސަލާމަތްކުރުމުގެ މި ބޮޑު މަޝްރޫޢުގު ޖުމުލަ އަގަކީ 24.54 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ