ޕީއެސްއެމްގެ ޑިރެކްޓަރ ފައިނޭންސް، ހަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފި

ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ޕަބްލިކް ސާވިސް މީޑިއާގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ސަސްޕެންޑުކޮށްފި އެވެ.ޕީއެސްއެމުން ބުނީ އޭނާ މަސްއޫލިއްޔަތުތަކުން އެއްކަހެރިކުރީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާ ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމާ ގުޅިގެން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.ހަނީފް މަސްއޫލިއްޔަތުން އެކަހެރި ކުރީ ބޯޑުން ބަލަމުންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ހަނީފް ކުންފުނީގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.ހަނީފް އަކީ ވަރަށް ގިނަ އަހަރުތަކެން ވަންދެން ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ