ދުބާއީ ފެނުއަޑީގައި!

ގަޑިއެއްހާއިރު ތެރޭގައި އަހަރަކަށް ވުރެ ގިނަ ދުވަހުގެ ވާރޭ ވެހި، ދުބާއީގައި ފެންބޮޑުވެ ފެނުގެ ތެރެއަށް ގަރަގުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރަން ފެށި ވިއްސާރައިގައި، ދުބާއީގެ މަގުތައް ފެންބޮޑުވެގެން ގޮސް ގާތްގަނޑަކަށް 20 މިލިމީޓަރު (0.79 އިންޗި) ވާރޭ ވެހިފައިވާ ކަމަށް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އެއްކުރި މޫސުމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ވިއްސާރައިގައި ދުނިޔޭގެ އެންމެ ބިޒީ އަދި ދިގު ދަތުރުފަތުރުގެ ކުންފުނި އެމިރޭޓްސްގެ ހަބެއް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފެންބޮޑުވެފައި ވާއިރު، އެވްރެޖްކޮށް އަހަރަކު 94.7 މިލިމީޓަރު (3.73 އިންޗި) ގެ ވާރޭ ވެހޭ ދުބާއީއަށް އަންގާރަ ދުވަސް ނިމުނުއިރު 142 އެމްއެމް (5.59 އިންޗި)ގެ ވާރޭ ވަނީ ވެހިފައެވެ.
އެއާޕޯޓުގައި މަތިންދާބޯޓުތައް ޖެއްސުމަށާއި ޓެކްސީވޭ ތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޓާމިނަލްތަކަށް ދިއުމަށް ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށްވެއެވެ.
އެމިރޭޓްސް އިން ބުނީ ބުދަ ދުވަހުގެ ހެނދުނު 8 އިން ރޭގަނޑު ދަންވަރުގެ ނިޔަލަށް ދުބާއީ އިންޓަނޭޝަނަލް އިން ފަސިންޖަރުން ޗެކިން ކުރުން މެދުކަނޑާލާފައިވާ ކަމަށާއި މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން އެއަރޕޯޓް އޮޕަރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ