އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ

ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.ހުސްވި ރޯދަމަހުގެ (މާޗު މަހުގެ) ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.އެގޮތުން ބައެއް ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުތައް، އެހެން މަސްތަކާ އަޅާބަލާއިރު ތިން، ހަތަރު ގުނަ ބޮޑު ކަމަށް ބައެއް މީހުން ބުނެ އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރޯދަ މަހު ހަރަދުތައް ބޮޑުވާތީ ރޯދަ މަހުކުރާ ހަރަދަށް ލުއި ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ނިންމެވި ކަމަށެވެ.ފަހުމީ ވިދާޅުވީ ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ޑިސްކައުންޓް ދީފައިވާ ކަމަށާއި އަލަށް ކަރަންޓް ލާފައިވާ ގޭބިސީއަށްވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ."ހަމައެކަނި ރާއްޖޭގައި ކަރަންޓު ބިލު ބޮޑީކީ ނޫން. ހޫނުގަދަވުމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް މި މަހުގެ ކަރަންޓު، ގޭސް ބިލު ބޮޑު." ފަހުމީ ވިދާޅުވި އެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ބިލު ބޮޑުވުމުގެ ޝަކުވާ ލިބޭތީ، އެކަމުގައި އެއްވެސް މައްސަލައެއް އުޅޭތޯ އެ ކޯޕަރޭޝަނުން ބެލިކަމަށެވެ. މުއާޒް ވިދާޅުވީ ރޯދަމަހަށްފަހު ބެލި ބެލުމުގައި ރީޑިން ނެގުމުގައި މައްސަލަ އެއް ފާހަގަކުރެވިފައި ނުވާކަމަށެވެ."ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ ކޮންޒިއުމް ކުރާ އަދަދު ބޮޑުވެގެންގޮސް ބިލުތައް ބޮޑުވެގެން ގޮސްފަ މިހުރީ" މުއާޒް ވިދާޅުވި އެވެ  "ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންސިއުމް ކުރާ އަދަދު އިތުރުވެގެން ގޮސް، މި ބިލުތައް ބޮޑުވެގެން ގޮސްފައި މި ހިރީ. މި ކަންކަމަށް ސަމާލުކަން ނޫނީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަން ޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ