ޕީއެސްއެމްގެ ދަރަނި 261 މިލިއަނަށް އަރާ: ޒީނާ

ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ. ޕީއެސްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން ޒީނާ ވިދާޅުވީ، އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވެފައި އޮތުން ކަމަށެވެ.އެ ބައްދަލުވުމުގައި ޒީނާ ވަނީ ޕީއެސްއެމްގެ ދަރަނީގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. މިގޮތުން:ސަރުކާރުގެ ކުންފުނިތަކަށް 122 މިލިއަން ރުފިޔާއަމިއްލަ ކުންފުނިތަކަށް 27 މިލިއަން ރުފިޔާބޭރުގެ އެކި ފަރާތްތަކަށް 25 މިލިއަން ރުފިޔާލޯނުގެ ގޮތުގައި 88 މިލިއަންއޭނާ ވިދާޅުވީ، ޕީއެސްއެމްގެ މިހާތަނަށް އެ ދަރަނީގެ ތެރެއިން ނުވަ މިލިއަން ރުފިޔާ ދައްކާ ނިމިފައިވާ ކަމަށެވެ.ޒީނާ ވިދާޅުވި ގޮތުގައި މިވަގުތު ކުރަނީ ހަމައެކަނި ކުރަން ޖެހޭ ހަރަދުތައް އެކަންޏެވެ. ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ."އެހެން ނަމަވެސް، މިއީ މަހެއްގެ މައްޗަށް، ކަރަންޓު ބިލަށް ވެސް އެކަށީގެންވާ އަދަދެއް ނޫން. ކަރަންޓު ބިލަށް އެކަނި ވެސް އެބަ އަރާ 1.9 މިލިއަން ވަރު،" މިހާރު އެވްރެޖުކޮށް މަހެއްގެ މައްޗަށް 1.5 މިލިއަން އާމްދަނީގެ ގޮތުގައި ލިބޭ ކަން ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.ދައުލަތުގެ ބްރޮޑްކާސްޓިން ކުންފުނި، ޕީއެސްއެމްގައި މިވަގުތު 384 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ