ފާއިތުވީ 24 ގަޑިއިރަށްވުރެ ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ ބައެއް ސަަރަހައްދުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހުން ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ރަށްރަށަށް ވާރޭވެހޭނެކަމަށް ނުބެލެވެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިގެ މިސްރާބު ހުޅަނގާއި ހުޅަނގުއުތުރުން ހުރިއިރު، ވައިޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން ލަފާކުރެއެވެ.
ފާއިތުވި 24 ގަޑިއިރު އައި ބައެއް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަށް ވައިގަދަވިއެވެ.
ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
ފާއިތުވި 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
ކަމާ ގުޅުންހުރި މުއްސަސާތަކުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.
މިއަދުގެ މޫސުން އިއްޔެއަށްވުރެ ރަނގަޅުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ