އުއްތަމަ ފަނޑިޔާރާއި ދައުލަތުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަން ޚާއްސަ ގައުނެއް ތައާރަފް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ މިއަދުން ފެށިގެން ފަނޑިޔާރުން ތުރުކުރައްވާ ގޮތަށް ތައާރަފްކޮށްފައި ވަނީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގައުންތަކެއް ކަމަށެވެ.
ސުޕްރީމް ކޯޓު 2008 ވަނަ އަހަރު އުފެދުނު ފަހުން، ޝަރުއީ ދާއިރާ ރަމްޒު ކޮށްދޭ މިފަދަ ގައުނެއް ފަނޑިޔާރުން ތުރުކުރައްވާފައި ނުވާ އިރު، ޝަރީއަތުގެ މަޖިލިސްތަކުގައި އުއްތަމަ ފަނޑިޔާރު މިހާރު ތުރުކުރައްވަނީ ރަަން ކުލައިގެ ރިބަން އަޅާފައިވާ ކަޅުކުލައިގެ ގައުނެކެވެ. އަދި އެހެން ފަނޑިޔާރުން މިހާރު ތުރުކުރައްވަނީ ރިހި ކުލައިގެ ރިބަން އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ.
ސުޕްރީމް ކޯޓުން އަލަށް ތައާރަފް ކޮށްފައި ވަނީ ރަން ކުލައިގެ ކުރެހުން އެޅި ކަޅު ކުލައިގެ ގައުން ތަކެކެވެ. މި ގައުންތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ގައުންގައި އަޅާފައިވާ ކުރެހުން އެހެން ފަނޑިޔާރުންގެ ގައުންގައި އަޅާފައިވާ ކުރެހުމަށް ވުރެ ތަންކޮޅެއް ފުޅަލެވެ.
ގައުންތަކުގައި ރަން ކުލައިން އަޅާފައިވާ ޑިޒައިން ރަމްޒުކޮށްދެނީ، ދިވެހި ތާރީހާއި އިސްލާމީ ވަންތަކަމާއި ޝަރުއީ ދާއިރާއެވެ. އެ ކުރެހުން އަޅާފައިވަނީ މާލޭ ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް އަސްލަކަށް ބަލައިގެންނެވެ. އެއާއެކު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދިނުމަށް ތިލަފަތުގެ މަތީގައި ތިން ތަރިޖަހައި އަޅާފައިވާ ކުރެހުމެއް ވެސް ގައުންގައި ހިމަނާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަން ޚާއްސަ ގައުނެއް ތައާރަފް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ