ވަޒީރު އާދަމް ޝަރީފް އައްޑޫގެ ގެތަކަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވައިފި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި އަތޮޅުތަކުގެ އިސްވެރިންނާއެކު ބާއްވާ ފަނޯއްލަ މަހާސިންތާ އައްޑޫގައި ފަށައިފި އައްޑޫ ސިޓ

ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވަނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށާއި އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ނޫސްވެރިކަމަށް އޮތް މިނިވަންކަމެއް ނޫންކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުން އަންނަކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ 2023 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބުދުﷲ ޝަފީޤު ހުށައެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން އަހުމަދު އާމިރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އޮންނަން ޖެހޭނޭ މިނިވަން ކަމެއް ކަމަށާއި ނަމަވެސް އެކަން އޮންނަން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އެހެން މީހުންގެ އަބުރާއި އިއްޒަތް ކަތިލާ ނޫސްތަކުގައި ހަޤީޤަތާއި ޚިލާފު ޚަބަރުތަކާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫންކަމަށެވެ.
އާމިރު ވިދާޅުވީ ނޫސްވެރިކަން ކުރުމުގައި ވެސް ވަކި އުސޫލުތަކަކާއި ހަމަތަކެއް އޮންނަކަމަށާއި އެ އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ހިތައް އެރިހާ ގޮތަކަށް ނޫސްވެރިކަން ކުރުމަކީ އެއްވެސް ހާލަތެއްގައި ނޫސްވެރިކަމަށް ލިބިގެންވާ މިނިވަންކަމެއް ނޫންކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމޭ ވިދާޅުވެ، ހަގީގަތާއި ޚިލާފު ޚަބަރުތަކާއި މައުލޫމާތުތައް ފެތުރުމަކީ ކޮއްގެންވާނޭ ކަމެއް ނޫންކަމަށް އަހުމަދު އާމިރު ވިދަޅުވިއެވެ.
” ނޫސްވެރިކަމުގެ މިނިވަންކަން އޮންނަން ޖެހޭނެ. އެހެން ނަމަވެސް އެކަން އޮންނަން ޖެހޭނީ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން. އެއްވެސް ހަގީގަތެއް ނެތް ޚަބަރުތައް ފެތުރުމަކީ ނޫސްވެރިކަމަށް އޮންނަ މިނިވަކްމެއް ނޫން. އެ މިނިވަންކަން ނޫސްވެރިއަކަށް ވެސް އަދި އެއްވެސް ފަރާތަކަށް ވެސް ލިބިގެން ނުވާނެ.: މެމްބަރު އަހުމަދު އާމިރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ