ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ރާވާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ނަޝީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އެ ބޭންކްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.
Advertisement
އެގޮތުން ރާއްޖޭގެ މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި ދެން ވެދާނެ ކަމަށް ލަފާކުރެވޭ ގޮތް އަދި މި ހާލަތުން އަރައިގަތުމަށް ރާވާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓް
ބީއެމްއެލްއިން ވަނީ މިއަދުން ފެށިގެން ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުޢާމަލާތްތައް މުޅިން ހުއްޓާލައި، ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓް 100 ޑޮލަރަށް ތިރިކޮށްފައެވެ.
•މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
•މިއަދުން ފެށިގެން އަލަށް ދޫކުރާޑެބިޓް އަދި ކްރެޑިޓްކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
•މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓްކާޑުތައް: މަހެއްގެމައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
ބީއެމްއެލުން ބުނީ މިއީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ގެނައި ބަދަލެއް ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
މާލީ ހާލަތުން އަރައިގަތުމަށް ރާވާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ