ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ހިތަދޫއަށް 110 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓު އޮފީހުން ވަނީ މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖެ ސަރަހައްދަށްކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ވިއްސާރަ، މޫސުމަށް ސަމާލުވޭ! ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ: މެޓް އޮފީސް ރާއްޖޭގެ އިހުސާސުކުރެވޭ ޓެމްޕްރޭޗަރު 44 ކުން މައްޗަށް މޫސުން ގޯސްވެ، މުޅި ރާއްޖެ ހުދު ސަމާލުގައި މަގުބޫލު ލިޔުންތައް އައްޑު ސިޓީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ