ފެނަކައިގެ ހަ މިލިއަން ރުފިޔާ ކޯޓުން ހިފަހައްޓައިފި

ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓްތަކުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިފަހައްޓަން ސިވިލް ކޯޓުން އަންގައިފި އެވެ.
ބަޔަކަށް ފައިސާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާއެއް ނުދައްކަ އެވެ.
އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން ކޯޓުން އިއްޔެ ނެރުނު ދެ އަމުރެއްގެ ދަށުން ހިފަހައްޓަން އެންގީ 5.2 މިލިއަން ރުފިޔާ އާއި 1.5 މިލިއަން ރުފިޔާ އެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.އެހެންވެ, އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސަރުކާރުން މިހާރު އޮތީ ނިންމައިފަ އެވެ. އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ވެސް ފެނަކައިންނެވެ
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ