މި އަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް އަރައިފިއެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފަތުރުވެރިން ދަނީ ރިސޯޓުތަކަށެވެ. ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރިސޯޓުތަކަށް 806,793 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 72.5 އިންސައްތައެވެ.
ރިސޯޓުތަކަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ދަނީ ގެސްޓުހައުސްތަކަށެވެ. މި މުއްދަތުގައި 255,787 ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 23 އިންސައްތައެވެ.
އިއްޔެގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 1,138,307 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5,898 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,302 ތަނެއް ދަނީ ހިންގަމުންނެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 68,142 އެނދު އޮޕަރޭޓްކުރެއެވެ.
ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ