ސިމެންތީގެ ދަތިކަމަށް ހައްލެއް: ސޮނީ ހާޑްވެއާއިން "ސޮނީ ސިމެންތި" ބާޒާރަށް ނެރެފި
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސިމެންތި ލިބުން ދަތިވެފައި ވަނިކޮށް، އެ ކަމަށް ހައްލެއް ގެނެސްދިނުމަށް ސޮނީ ހާޑްވެއާއިން 'ސޮނީ ސިމެންތި' ބާޒާރަށް ނެރެފިއެވެ. މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ގްލޯބަލް ސަޕްލައިޗެއިންއަށް ދަތިތައް ދިމާވެ، ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުން ވަނީ ދަތިވެފައެވެ. އެހެންވެ، އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް ހުއްޓި، ބޮޑު މަޑުޖެހުމެއް ވަނީ އައިސްފައެވެ. ސޮނީ ހާޑްވެއާއިން "ސޮނީ ސިމެންތި" ވަނީ ބާޒާރަށް ނެރެފައި -- ފޮޓޯ: ސޮނީ އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސޮނީ ހާޑްވެއާއިން ވަނީ 'ސޮނީ ސިމެންތި' ބާޒާރަށް ނެރެފައެވެ. މިއީ، ކޮލިޓީ ރަނގަޅު، ދިގު މުއްދަތަކަށް ހަދާ ބޮޑެތި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކަށް އެކަށީގެންވާ ސިމެންތިއެކެވެ. އަދި މިއީ، ރާއްޖޭއަށް އެންމެ ފުރަތަމަ ތައާރަފްކުރި، ތިމާވެއްޓާ ރައްޓެހި ލޯކާބަން ސިމެންތި ވެސްމެއެވެ. ސޮނީ ހާޑްވެއާއިން ބުނީ، މި ސިމެންތީގެ ބޮޑު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، ކަސްޓަމަރުންނަށް ހާސްކަމެއްނެތި ސޮނީ ސިމެންތި އަބަދުވެސް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ. މިހާރު ސިމެންތީގެ ދަތިކަން ބާޒާރުގައި އޮތުމުން ސިމެންތި ލިބޭ އަގު ވެސް ބޮޑެވެ. ސޮނީ ހާޑްވެއާއިން ބުނީ، އެ ފިހާރައިން ބާޒާރަށް ސިމެންތި ނެރުމުން އަތްފޯރާ ފަށުގައި އަގުތައް ހިފެހެއްޓި ކަސްޓަމަރުންގެ ޖީބަށް ލުއިވާނެ ކަމަށެވެ. ސޮނީ ހާޑްވެއާއިން "ސޮނީ ސިމެންތި" ވަނީ ބާޒާރަށް ނެރެފައި -- ފޮޓޯ: ސޮނީ އޭގެއިތުރަށް، ސޮނީ ސިމެންތި ޕެކުކޮށްފައި ވަނީ، 50 ކިލޯގެ ބަސްތާތަކުގައި ކަމަށްވާއިރު، މިއީ ޑަބަލް ލޭޔާޑް ބޭގެއްގައި ޕެކުކޮށްފައިވާ ސިމެންތި ބަސްތާކެކެވެ. އެހެންވެ، ދިގު ދަތުރުތަކަށްފަހު ރަށްރަށަށް ގެންދާއިރުވެސް ސިމެންތި ގަނޑުވުމާއި ކޮލިޓީ މެއިންޓެއިން ކުރުމުގައި އެހީތެރިވާނެ ކަމަށް ސޮނީ ހާޑުވެއާއިން ބުނެއެވެ. ސޮނީ ސިމެންތީގެ 50 ކިލޯގެ ބަސްތާއެއްގެ ރީޓެއިލް އަގަކީ 160 ރުފިޔާއެވެ. އަދި މި ހޯލްސޭލްކޮށް، ބަލްކްކޮށް ގަންނަ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ. އެ ފިހާރައިން ބުނީ، ބަލްކްކޮށް އޯޑަރު ކުރާ ފަރާތްތަކަށް ޖަމްބޯ ބޭގްގައި ޕެކުކޮށް، ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށެވެ. މި ސިމެންތި ގަތުމަށް ހޮޓްލައިން ނަމްބަރު 3336699 އަށް ގުޅާލައިގެން ނުވަތަ ސޮނީގެ ކޮންމެ އޮންލައިން ޗެނަލް އަކަށް މެސެޖުކޮށްލައިގެން ވެސް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ