މިދިޔަ އަހަރު އުސް އިމާރާތަކުން ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުން ވަކިކުރި، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަނެއްކާ ވެސް އެ މަގާމަށް އައްޔަނުކޮށްފި އެވެ.
ސާމިހު އެ މަގާމަށް އަލުން އައްޔަނުކުރީ މިފަހުން ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ބުންޏެވެ.
MU STORE
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލީޑުކުރަމުން ދިޔައީ ސާމިހު އެވެ. ނަމަވެސް، އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ގޮވައިލީ ޔުމްނުގެ އާއިލާއިންނެވެ.
"ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލު ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު އާއިލާއާއެކު ބޭއްވި އެތަކެއް ބައްދަލުވުންތަކެއްގައި ދޮގު ހެދި ސާމިހު ވަކި ކުރުމަކީ ފެށުމަކަށް ވާނެ،" ޔުމްނުގެ އާއިލާއިގެ މެންބަރެއް ކަމަށްވާ މުހައްމަދު މުއުމިން އެޕްރީލް 28، 2025 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޔުމްނު މައްސަލައިގައި މަގާމުން ވަކިކުރި ސާމިހު މަރުތައް ތަހުގީގުކުރާ ޑިޕާޓުމެންޓުގެ ވެރިޔަކަށް އަނެއްކާ ވެސް އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ