ބެލިންގހަމް، އިންގްލެންޑް ސެމީއަށް ގެންގޮސްދީފި

ބެލިންގހަމްގެ ދެ ލަނޑުން ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިންގްލެންޑް ގެންގޮސްދީފިއެވެ.
އިންގްލެންޑް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި ނޯވޭ 2-1 ން ބަލިކޮށްގެންނެވެ. ނޯވޭގެ މައްޗަށް އިންގްލެންޑުން ކުރިހޯދީ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން 8 މިނިޓަށް ވެފައިވަނިކޮށް، މެޗުގައި ލީޑް ނެގީ ނޯވޭއިންނެވެ. ނޯވޭއަށް ކުރި ހޯދައިދިނީ އަންދްރޭސް ޝެލްޑެރަޕް އެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
އެނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ތިންވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖަހާ އިނގިރޭސިން މުބާރާތުގެ ސެމީފައިނަލަށް ގެންގޮސްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ