ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ހުޅުވައިލައިފި
ޗީފް ސްޓެޓިސްޓީޝަން ޢާއިޝަތު ޙަސަންގެ މަގާމުގެ މުއްދަތު ހަމަވާތީ، ރައީސް އޮފީހުން އެ މަގާމަށް ހުޅުވައިލައިފިއެވެ. ރައީސް އޮފީހުން ބުނީ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު 12 ޖަހަންދެން ބަލައިގަންނާނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބޭނެއެވެ. ނުވަތަ ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑުކުރެވޭނެއެވެ. ޗީފް ސްޓެޓިސްޓީޝަން ކަމަށް ޢާއިޝަތު އައްޔަންކުރީ އޮގަސްޓް 20، 2021ގައެވެ. https://sun.mv/155757 ޗީފް ސްޓެޓިސްޓީޝަނަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ ސްޓެޓިސްޓިކްސް ބިއުރޯ ހިންގުމަށް ފަސް އަހަރުގެ މުއަދަތަކަށް އައްޔަނުކުރާ ފަރާތެކެވެ. ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓީޝަނަކީ އިންތިޚާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ޢާއިޝަތު ޙަސަނަކީ އިގުތިޞާދާއި މެނޭޖްމެންޓުގެ ދާއިރާއިން ޑިގްރީ، އަދި އިކޯމެޓްރިކްސް ދާއިރާއިން މާސްޓާސް ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ