އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރުއެވެ.
މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ސީސަންގެ، އަލީ އަބްދުﷲ، 82، އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ ރޭ ބަނދަރު ސަރަހައްދުގައި އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ފެނުނީ އޭދަފުށީ ފަޅުތެރޭގައި ލޯންޗެއްގައި އުޅުނު ބަޔަކަށެވެ. އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.
އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ނުވަތަ އަނިޔާއެއް ފެންނަން ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު، ފުލުހުން ގެންދަނީ އިތުރަށް މި ހާދިސާ ތަހުގީގުކުރަމުންނެވެ.
އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ