ސުޕްރީމް ކޯޓުން ނިންމީ ނުރައްކާތެރި ނިންމުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 
ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އޭޕްރީލް 29، ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާމެދު އެމަނިކުފާނު އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. 
EE YU PRIVATE LIMITED
THE BAKERS PVT LTD
MU STORE
MGH Group of Companies
Yes Maldives Pvt Ltd
"އެހަށް ދުވަހު ސުޕްރީމް ކޯޓުން ނިންމީ ވަރަށް ނުރައްކާތެރި ނިންމުމެއް. އެ ނިންމުމަށް އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން އަދި ސިޔާސީ މަސައްކަތުގައި އެތައް ޒަމާނެއް ވަންދެން އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ނިންމުމަކަށް އެއްބަހެއް ނުވަން،" ޔާމީން ވިދާޅުވި އެވެ. 
ޔާމީން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ނަގަހައްޓައި، އާންމު މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ބަޔެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމި ގޮތުން މެންބަރުން ހިމާޔަތް ކުރަންޖެހޭނީ އެމީހެއްގެ ޕާޓީ ކަމަށް ޔާމީން ވިދާޅުވި އެވެ. 
"އެއީ ސުޕްރީމް ކޯޓުން މި ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެމީހާ ނިސްބަތްވާ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރަންޖެހޭ މީހެއް ކަމަށް. އެކަމަކު ހަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ނަގަހައްޓާ އާންމު މަސްލަހަތު ހިމާޔަތް ކުރުމަށް ރައްކާތެރިވެ ފާރަވެރިވާ ބަޔަކަށްވުން،" އެމަނިކުފާނު ވިދާޅުވި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ އިސް ޒިންމާއަކީ ސަރުކާރުން ޖަވާބުދާރީ ކުރުވުން ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ކޯޓުން ނިންމީ ސަރުކާރު ޒިންމާދާރު ކުރުވުމުގައި ވެސް މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ. 
"ސުޕްރީމް ކޯޓުން ނިންމީ ނޫނެކޭ، ތިކަންކަމަށް ބަލާނެކަމެއް ނެތޭ، ރައްޔިތުންގެ މަޖިލިސް މެންބަރަކީ އޭނާގެ ޕާޓީ ދިފާއު ކުރަންޖެހޭ މީހާއޭ. އެހެންވީމާ ސުޕްރީމް ކޯޓުން މި އޮތީ [ސަރުކާރު ޒިންމާދާރު ކުރުވުމުގައި] މަޖިލީހުގެ ދައުރެއް ނޯންނަ ކަމަށް ނިންމާފަ،" ރައީސް ޔާމީން ވިދާޅުވި އެވެ. 
ވެރިކަން ކުރާ ޕީއެންސީއަށް މަޖިލީހުގައި ލިބިފައި އޮތް ސުޕަ މެޖޯރިޓީ ހިމާޔަތް ކުރުމުގެ ބޭނުމުގައި، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ނޮވެމްބަރު، 2024، ގަ އެވެ. އެ އިސްލާހު ބާތިލް ކުރަން ހުށަހެޅުއްވީ ގާނޫނީ ވަކީލު އަލީ ހުސެއިންނެވެ. 
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަން ފެށުމުން ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް އުފައްދައި އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްފަ އެވެ. އިތުރު ފަނޑިޔާރަކު އިސްތިއުފާ ދެއްވިއިރު އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވި އެވެ. މިދިޔަ އޭޕްރީލް މަހު އެ މައްސަލައިގައި ހުކުމް ކުރީ މި ސަރުކާރުން އައްޔަން ކުރި ހަތަރު ފަނޑިޔާރުން ހިމަނައިގެންނެވެ. 
އެ މައްސަލައިގައި ތަފާތު ރައުޔެއް ދެއްވީ ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު އެވެ. ފަނޑިޔާރު ސުޖޫން ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެސްފައި ވަނީ ބާތިލް އިސްލާހެއް ކަމަށެވެ. އަދި މި ހިނގާ މަޖިލީހަށް އެ އިސްލާހު ތަންފީޒުވުން ސުޖޫން ސިފަ ކުރެއްވީ "ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުން" ގޮތުގަ އެވެ. 
"ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު، ދައުލަތުގެ ފަރާތުން މާނަކުރާ ގޮތަށް ބެލި ނަމަވެސް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ބ. 2 ގައި ހިމަނާފައިވަނީ އެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިއިރު ނެތް ޝަރުތެއް. މިސާލެއް ބޭނުންކޮށްގެން ތިލަކުރާނަމަ، ގަވާއިދުތަކުގެ މައްޗަށް ބިނާކުރާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުވުމުގެ ހާލަތެއް،" އޭނާގެ ރައުޔު އިއްވަވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ