އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ: ސައީދު

ރާއްޖޭގެ ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގުތައް އުފުލިފައިވާއިރު، އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ތަރުކާރީއާއި މޭވާއާއި ހިމެނޭ ގޮތަށް ޖުމުލަ 23 ބާވަތެއް ގަނޑުކޮށް އެތެރެކޮށް، ބާޒާރަށް ނެރުމަށް އެސްޓީއޯއާ އިއްޔެ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އަމާޒަކީ އަންނަ މަހު 15 ފެށިގެން އެ ބާވަތްތައް ރާއްޖޭން އަގުހެޔޮކޮށް ލިބެން ހުންނާނެ ކަން ކަށަވަރުކުރުން ކަމަށެވެ. އޮކްޓޫބަރު 15އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން [އަގުހެޔޮކޮށް] ލިބެން ހުންނާނެކަން ޔަގީންކުރަން ޖެހޭ [ތާރީޚު]. އެއީ މީގެ އަމާޒަކީ. އަނެއް އަމާޒަކީ 15 އޮކްޓޫބަރަށް އަންނަން ދެން ވެސް 23 ބާވަތްތަކުގެ އަގު އުފުލޭ ކަމަށްވަންޏާ އޭއްޗިހި އިމީޑިއަޓްލީ އެސްޓީއޯއިން ގެންނާނެ. އެ މެންޑޭޓު އެސްޓީއޯއަށް އިތުރުވެގެން އައީއިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާއާއި ތަރުކާރީތަކެއް: ސައީދު ވިދާޅުވީ، އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ އެ މަސައްކަތްތަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެކަން ޔަގީންކުރުމުގެ މަގުސަދުގައި ކުރާ މަސައްކަތެއް ކަމަށާއި އަހަރަކު އެއް ފަހަރަކު އެތެރެކުރާ ބާވަތްތަކުގެ ލިސްޓު މުރާޖާ ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ހަމައެހެންމެ، އެ މަސައްކަތާ ގުޅުވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، މިދިޔަ ރޯދަ މަހު ތަކެތީގެ އަގުތައް ހެޔޮއަގުގައި ހިފެހެއްޓުމަށް ތަކެތި އެެތެރެކުރިއިރު، މުދާ ރައްކާކުރަން ބޭނުންކުރީ ވަގުތީ ނިޒާމެއް ކަމަށެވެ. ނަމަވެސް، އެ ބާވަތްތައް ދާއީމީކޮށް، ރައްކާ ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޒަމާނީ ދެ ގުދަން ގާއިމުކޮށްފައިވާކަން ޝިމާދު ފާހަގަކުރެއްވިއެވެ. އަންނަ މަހުން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ ކަމަށް ބުނިއިރު، ކެބިނެޓުގެ އިއްޔެގެ ނިންމެވުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, ހުސައިން އަމްރު ވަނީ ރައްދު ދެއްވާފާއެވެ. އެގޮތުން، ހުރިހާ ބާވަތެއް ސަރުކާރުން އިމްޕޯޓް ކުރުމަކީ ކާނާގެ ޔަގީންކަން ކަށަވަރު ކުރާ ގޮތް ނޫން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ. https://sun.mv/211159 އަމްރުގެ ހިޔާލަކީ ‏ރާއްޖޭގައި ހެއްދޭ ބާވަތްތައް އުފައްދަން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަމައެހެންމެ ކާބޯތަކެތި ގަތުމަށް އަބަދުވެސް މަދުވެގެން ހަތަރު މަހުގެ ފައިސާ ރައްކާކޮށްފައި ބަހައްޓަން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށެވެ. އަދި، ފުޑް ސެކިއުރިޓީއަކީ އެތެރެކުރުމަށް ނިންމި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަށަވަރުވާ ކަމެއް ކަމަށާއި މިހާރު ކެބިނެޓުން ނިންމި ގޮތުން، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ވަންނަނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ